ހުޅުމާލޭ ފަޅުތެރޭގައި އޮތް ދޯންޏަކުން 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހުޅުމާލެ ފަޅުތެރޭ އޮތް ދޯންޏަކުން 100 ކިލޯއަށް ވުރެ ގިނަ މަސްތުވާ ތަކެތި ފުލުހުން ހޯދާފައިވާ ކަމަށެވެ.
އަދި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި މެރިން ޕޮލިސް ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި ހުޅުމާލޭގެ އެކި ތަންތަން ބަލާ ފާސްކުރަމުންދާކަމަށެވެ. މިއަދު އަތުލައިގަނެވެުނު މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިންއާއި މެތަފެޓަމިން ހިމެނޭ ކަމަށްވެސް ކޮމިޝަނަރ ގެ ޓްވީޓްގައި ބުނެފައިވެއެވެ.
މަސްތުވާތަކެތި ހުއްްޓުވުމަށް ފުލުހުން ބޮދެތި އޮޕްރޭޝަންތައް ހިންގަމުންދާއިރު ދާދިފަހުން ފުލުހުން ވަނީ އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި ޑްރަގްގެ ބޮޑު އޮޕަރޭޝަނެއްގައި ގާތްގަނޑަކަށް 98.6 ކިލޯގެ މަސްތުވާތަކެތި އަތުލާ ބަޔަކު ހައްޔަރުކޮށްފައެވެ.
އެމައްސަލަ ފުލުހުން ތަހްޤީގް ކުރަމުންދާއިރު ފުލުހުންވަނީ ގިނަ އަަދަދެއްގެ މަސްތުވާތަކެތި ދާދިފަހުން ނައްތާލާފައެވެ.