މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖު މަޝްރޫއު ނުވަތަ "ގްރޭޓަރ މާލެ ކަނެކްޓިވިޓީ-މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް" ގެ މަޝްރޫއުއަށް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ހޯމަ ދުވަހު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އަދި އެގްޒިމް އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެގްޒިމް އިންޑިއާގެ ޖެނެރަލް މެނޭޖަރު ނިރްމިތް ވެޑްއެވެ.
ބްރިޖުގެ ލޯނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، މިނިސްޓަރ ވިދާޅުވީ އިޤްތިޞާދު އަލުން ކޮޅަށްޖެހުމަށް އިޤްތިސާދީ ހަރަކާތްތައް ފަށައިގަންނަން ޖެހިފައިވާކަމަށާއި، މި މަޝްރޫއު ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށްޖެހުމަށް ފަށައިގަނެވޭ ވަރަށް މުހިންމު މަޝްރޫޢެއްކަމަށެވެ. އަދި މިއީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދެވޭ އިންފްރާސްޓްރަކްޗަރގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުން ބުނީ، މި މަޝްރޫއުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތައް އެކަށޭނެ ހެޔޮ އަސަރުތަކެއް ކުރާނެ ކަމަކަށްވެފައި މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދާއި ގުޅިފައިވާ އެހެން ހުރިހާ ދާއިރާތަކެއް ކުރިއަރައިގެންދާނެ ކަމަށާ ބްރިޖަކުން ގުޅާލެވުމުން ސިނާއީ މަސައްކަތްތައް މީހުން ދިރިއުޅޭ ހިސާބުތަކުން ބަދަލު ކުރެވި މާލޭގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.