ރާއްޖޭގެ މެރިޓައިމްދާއިރާ ހަރުދަނާކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއި ސީފެއާރާސް ރައިޓްސް އިންޓަރނޭޝަނަލް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެސްއާރްއައި އާއެކު މިއަދު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގަ އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އައިޝަތު ނަހުލާއެވެ. އަދި އެސްއާރްއައިގެ ފަރާތުން ސޮއިކުރެއްވީ އެސްއާރއައިގެ އެގްޒެކެޓިވް ޑިރެކްޓަރ ޑިއެޑްރެ ފިޓްޕެޓްރިކްއެވެ.
މި އެއްބަސްވުމާ ގުޅެގޮތުން މިނިސްޓަރ ނަހުލާ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މެރިޓައިމް ދާއިރާ ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ގާނޫނުތައް ހެދުމަށްބޭނުންވާ ޓެކްނިކަލް އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށާ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތައް ރާއްޖޭގެ މެރިޓައިމް ސިޔާސަތު ބައްޓަންކުރުމުގައި އެސްއާރުއައިގެ އެހީތެރިކަން ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެސްއާރުއައި އަކީ ދުނިޔޭގެ ސީފެއާރާސްގެ ހައްގުތައް ރައްކާތެރިކުރުމާއި، ރިސާޗާއި ތަމްރީނާއި ޓެކްނޮލޮޖީގެ ދާއިރާއިން ސީފެއާރާސް ކުރިއަރުވަން މަސައްކަތް ކުރާ މިނިވަން މުއައްސަސާއެކެވެ.