އަގުހުރި އިނާމުތަކާއެކު ”ޔޫރޯ 2020“ އަށް ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފިއެވެ.

”ޔޫރޯފޯރިއާ“ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ތިން ބްރޭންޑެއްގެ ޓީވީއެއްގެ އަގުތައް ވަނީ ހެޔޮކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ފިލިޕްސް، ހިޓާޗީ އަދި ސަމްސަންގު ބްރޭންޑުގެ ޓީވީތަކެވެ.

މި ޕްރޮމޯޝަނުގެ ދަށުން، ސޯޝަލް މީޑިއާގައިވެސް ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން، އެސްޓީއޯގެ ސޯޝަލް މީޑިއާގައި ކުރިއަށްގެންދާ ކޮންޓެސްޓު މެދުވެރިކޮށް، ފިލިޕްސް ބްރޭންޑުގެ 65 އިންޗީގެ އެލްއީޑީ ޓީވީއަކާއެކު، ފިލިޕްސްގެ ސައުންޑު ބާއެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅިވާލާފައެވެ.

މި ޕްރޮމޯޝަންގެ ލަކީ ޑްރޯ ހޮވުންވެސް އޮންނާނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށާއި ސުވާލުގަކުގެ ޖަވާބުތައް ފޮނުވަން ޖެހޭނީ ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށް އެސްޓީއޯއިން ބުނެއެވެ.