ކުޑަކުދިންގެ ބަގީޗާއިން ދޫންޏެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަަށް އެދިއްޖެއެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއަކީ 2021 މެއި 12 ވަނަ ދުވަހުގެ ވަގުތެއްގައި ކުޑަކުދިންގެ ބަގީޗާ ތެރޭގައި ހުރި ދޫނި ކޮއްޓަކުން ދޫންޏެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

ވީމާ މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 486858 އެވެ.