ރާއްޖެއިން ހަރުފައެއް ފެނިއްޖެއެވެ. ދުނިޔޭގެ އެކި ބިތުން މުދާ އެތެރެ ކުރާ ގައުމެއް ކަމަމުން ރާއްޖެއަށް ނުރައްކާ ޒާތުގެ ފައި ދިގު މަކުނުން ފެށިގެން ކޯބުރާ ހަރުފައަށް ދާނދެން އެތެރެ ވެދާނެ ކަމަށް ބަލަން ޖެހޭނެ އެވެ.
ސިންގަޕޫރު މީދަކީ މިފަދަ އެކައްޗެކެވެ. ރާއްޖޭގެ ވެށްޓަށް ބީރަށްޓެހި އޮށެއް ވަރުގެ ކުޑަ މި މީދާ، އެއް ދުވަސްވަރެއްގައި ނިކަން ތިޔާގި ކޮށް އުޅުނެވެ. ބާވަތެއްގެ ހަނގުރާމައެއް ކަމަށް ބަލައިގެން، މީދާ ހިފައި އޭގެ ނިގޫ ދެއްކުމުން މެޑެލްވެސް ލިބުނު ޒަމާނެއްވެސް ދިޔައެވެ.
މިއަދު ނޫސްވެރިން އެންމެންވެސް ގެނެސްދިން ޚަބަރަކީ، ވިހަ ހަރުފައެއް ފެނުނު ވާހަކައެވެ. އެއް ބަޔަކު އޭގެ ވިހަކަން ކިޔައި ދިން އިރު އަނެއް ބަޔަކު އެސޮރު ބޮޑުވެ ބާލިޣުވާ އިރު ހުންނާނެ ސައިޒް ވެސް ކިޔައި ދިނެވެ.
އެކަމަކު އަހަރެންގެ ހާސްކަމަކަށްވީ، މަގެ ގައުމުގައި އުޅޭ މީހެއްގެ ގައިގައި ހަރުފައެއް ދަތް އަޅައިފިނަމަ، ދެން ހަދާނެ ގޮތަކާ ބެހޭ ގޮތުންނެވެ. ހަރުފައިގެ ވިހައަށް ދޭނެ ބޭސް މިގައުމުގައި އެބަހުރި ބާވައެވެ؟ ކުއްލި ހާލަތެއްގައި ބޭނުން ކޮށްލުމަށް އުތުރާ ދެކުނުގައި މިފަދަ ބޭހެއް ލިބެން އެބަ ހުރި ބާވައެވެ؟ ރިސޯޓްތަކުގައި މިފަދަ ކަމަކަށް ރައްކާތެރި ފިޔަވަޅު އެޅިފައި އެބަހުރި ބާވައެވެ؟
ހަރުފައެއް ދަތް އަޅައިފިނަމަ، ވައްކަމުގެ މައްސަލައެއް ގޮތަށް ހަރުފައާ ދެކޮޅަށް މައްސަލަ ޖައްސަން ވީ ބާވައެވެ؟ ނުވަތަ ފަރުވާއަކާ ދިމާއަށް ދާންވީ ބާވައެވެ؟
ދެން އޮތީ ގެންދިޔަ ސޮރަށް ހަދާނެ ގޮތާ ބެހޭ ގޮތުން ސުއާލު ކޮށްލުމެވެ. އެސޮރު ނިމިގެންދާނީ، ކޮށްޓެއްގެ ތެރެއަށް ބާވައެވެ. އަލަށް ހަދާ ޒުލަކަށް ބާވަތެއްގެ ޖަނަވާރެއް އިތުރު ކޮށްލީ ބާވައެވެ؟ ނުވަތަ އެސޮރުގެ މަސްކައި އުޅޭ މީހުންނަށް ހަދިޔާއަކަށް ދޭނީ ބާވައެވެ؟ ތެލުލައިފައި ހުންނަ އިރު މަސް ހުދުވެފައި ކުކުޅު މަހާ އެއްރަހައެއް ކަމަށްވެސް ކައި އުޅޭ ސޮރުންތައް ބުނެއެވެ. ނުވަތަ ހަރުފަ ވިއްސައި އާލާކޮށްގެން އެލްޒެއިމަރ ބޭހަށް ބޭނުންވާ ވިހަ ނަގައި އެއިން ގައުމީ އާމްދަނީއަށް ޑޮލަރު ވަންނަ ގޮތް ހެދުމަށް ވިސްނަނީ ބާވައެވެ؟
އިރު އޮއްސުމާ ހަމައަށް އެންމެންވެސް ބުނީ ހަރުފައެއް ހިފައި ވާހަކައެވެ! އެވެސް އަދި މައި ޚަބަރެއްގެ ގޮތުގައެވެ!