ނ އަތޮޅު ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީ އިން ބުނީ މި މަސައްކަތް ފެށީ 21 ޖޫން ގައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 235 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށ ްވަނީ ބުނެފަ އެވެ.

ފަސް މިލިއަން ރުފިޔާގެ އެ މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 100 ދުވަހުގެ ތެރޭގަ އެވެ.

ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވަނީ، މި އަހަރުގެ އޭޕްރިލް މަހުގެ 07 ވަނަ ދުވަހު އެވެ.