ހިތަދޫ ފިޔަވައި އައްޑުސިޓީގެ އެހެން ރަށްތަކުގެ ކާފިއު އުވާލައިފި އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އައްޑޫ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ކާފިއު މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ހިތަދޫގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު، ހިތަދޫގައި އިއުލާން ކޮށްފައިވާ ކާފިއުގެ މުއްދަތު މިހާރުވަނީ ހަވީރު ހަތަރަކުން ހެނދުނު އަށަކަށް އިތުރުކޮށްފަ އެވެ. އަދި ފުލުހުން ދޫކުރާ ޚާއްސަ ހުއްދަނެތި އާންމުން ގެއިން ބޭރަށް ނިކުތުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.

ހިތަދޫއިން އިއްޔެވެސް ހަތް މީހުން ޕޮޒޒިޓިވް ވެފައިވެއެވެ.

އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫގެ ކާފިއު ކުރިންވަނީ އުވާލާފާއެވެ.