އައްޑޫ ސިޓީން އިތުރު 4 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ މިއަދު ޕޮޒިޓިވް ވީ ޑައިރެކްޓް ކޮންޓެކްޓުގެ 2 ދިވެހީންނާއި ރެންޑަމް ސާމްޕަލުން ދިވެއްސަކާއި ފްލޫ ކްލިނިކަަށް ދެއްކި ބިދޭސީއެއް ކަމަށެވެ.

މިއާއެކު މިހާތަނަށް ހިތަދޫ އިން 127 ކޭސް އަދި މަރަދޫއިން 4 ކޭސް ވަނީ ރެކޯޑު ކުރެވިފަ އެވެ.

އައްޑޫ ސިޓީން މިހައިތަނަށް ޖުމްލަ 450 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، 317 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެކްޓިވް ކޭސްގެ ޢަދަދު 131 ގައި ހުރި އިރު، އެ ސިޓީން މަރުވެފައިވަނީ 2 މީހުން ނެވެ.