މާލެ ސަރަޙައްދުން 52 މީހުންނާއެކު މިއަދު ޕޮޒިޓިވް ވީ 212 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ބުދަ ދުވަހުގެ އިރުއޮއްސިި 6 ން ބްރާސްފަތި ދުވަހުގެ އިރުއޮއްސި 6 އަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ދެން ހިމެނެނީ އަތޮޅުތަކުގެ ރަށްރަށުން 157 މީހުންނާއި ރިސޯޓުތަކުން 2 މީހުންނާއި އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށަކުން އެކަކު ކަމަށެވެ.

މިއާއެކު 72،678 މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ އިރު، 68،197 މީހުން ވަނީ ކޮވިޑު ބަލިން ރަނގަޅުވެފަ އެވެ.

އެކްޓިވް ކޭސްގެ ގޮތުގައި 4262 ހުރި އިރު، 38 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

ކޮވިޑު ޖެހިގެން 208 މީހުން ވަނީ ރާއްޖެއިން މަރުވެފަ އެވެ.