ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކަށް ފެންނާނެހެން އެޗްޑީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އެގްރިމެންޓްގެ ޑްރާފްޓާމެދު އާންމުންގެ ހިޔާލު ހޯދުމަށް އެ ކުންފުނިން ހުޅުވާލައިފި އެވެ.

އެޗްޑީސީން ކޮށްފައިވަ އިއުލާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް-2 އިން ވިއްކުމަށް ހަމަޖެހިފައިވާ 6,720 ފުލެޓްތަކަށް ހޮވިފައިވާ ފަރާތްތަކުން ފްލެޓްގެ ޑްރާފްޓް އެއްބަސްވުމަށް އެއްވެސް ހިޔާލެއް ހުށަހަޅަން ބޭނުންވާނަމަ އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން ހުށަހަޅަން ބޭނުންވާ ހިޔާލުތައް ޖުލައި 1 ކުރިން އެޗްޑީސީއަށް މެއިލް ([email protected]) ކުރުމަށް އެދިފައިވެއެވެ.

ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއި ކުރަން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 14 ވަނަ ދުވަހުއެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރާ ދުވަހު ފްލެޓްތަކުގެ ތަޅުދަނޑިވެސް ހަވާލުކުރާކަމަށް އެޗްޑީސީން ބުނެފައިވެއެވެ.