އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް ފެށިއްޖެ އެެވެ.

މި މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ދޯނި އެހެލާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލާނެ އެވެ. އަދި 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން މަގު ބައްތި ހަރުކުރުމާއި، 1,330 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެ އެވެ.

މި މަޝްރޫޢަކީ 32.2 މިލއަން ރުފިޔާގެ މަޝްރޫޢެކެވެ.