ފުވަައްމުލައް ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދޭން ނިންމައިފި އެވެ.
އެ ސިޓީގެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑާއި ގުޅިގެން އެ ސިޓީގައި މިހާރު އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ ލުއިތަކުގެ ތެރޭގައި ކާފިއު ވަގުތު ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ހަދައި، ކެފޭ ރެސްޓޯރެންޓް ހޮޓާ އަދި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ހުޅުވައިގެން ޚިދުމަތް ދިނުމަށް ހުއްދަ ދިނުމަށް ވަނީ ނިންމާފަ އެވެ.
އެހެންނަމަވެސް އެތަންތަނުން ޚިދުމަތް ދެވޭނީ އެޗްޕީއޭ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ވަނީ ބުނެފަ އެެވެ. އަދި ސެލޫނުތަކާއި ބޯކޮށާ ތަންތަނުގެ ޚިދުމަތް ދިނުމަށް ވެސް ވަނީ ކައުންސިލުން ނިންމާފަ އެވެ.
މި ފިޔަވަޅުތަަކަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ކަމަށް ވެސް އެކައުންސިލުން ބުންޏެވެ.