ކޮވިޝީލްޑު ގެ ދެވަނަ ޑޯޒު މިއަދު ޖަހަން ފަށާނެ ކަަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޝީލްޑު ވެކްސިންގެ ޝިޕްޕެންޓެއް ލިބިފައިވާ ކަމަށާއި ވެކްސިން ޖަހާނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށެވެ.
ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން 2 ވަނަ ޑޯޒް ނުޖެހިތިބި ފަރާތްތަކަށް ވެކްސިން ޖެހުމަށް އެޕޮއިންޓް ދެެމުން ގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެން ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.
މިގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް މިއަދު ވެކްސިން ޖެހުމަށް އެޗްޕީއޭ އިން ގުޅަމުން ގެންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އެޕޮއިންޓްމަންޓް ލިބޭ ހުރިހާ ފަރާތްތަކުން ކަނޑައެޅިފައިވާ ސެންޓަރަށް ގަޑިއަށް ވަޑައިގެން ދެއްވުމަށް ސަމާލުކަން ދެއްވުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.