އައްޑޫ ސިޓީ ފޭދޫގައި ކުޑަކުއްޖަކު ޒަޚަމްކޮށްލި މައްސަލައިގާ 2 މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފޭދޫއިން 15 އަހަރުގެ ކުއްޖަކު ޒަޚަމްކޮށްލި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ދެމީހުން ހައްޔަރު ކުރީ ރޭ 23:10 ހާއިރު ކަމަށެވެ. އަދި ހައްޔަރު ކޮށްފައިވަނީ އުމުރުން 19 އަހަރާއި 22 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިމައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ފޭދޫގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ކުއްޖާ ޒަޚަމް ކޮށްލާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.