މާފަންނުގެ ބައެއް ސަރަހައްދުތަކުން މިރޭ ދަންވަރު ފެން ކަނޑާލަން ނިންމައިފި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ޚިދުމަތް މެދުކަނޑާލަން ނިންމާފައިވަނީ މިރޭ 11 އިން މިރޭ ފަތިހު 4 ޖަހަންދެން ކަމަށެވެ.

އެގޮތުން އިއްޒުއްދީނުމަގާއި ހަނދުވަރީ ހިނގުމާއި ދެމެދުން ފްލޫނިޔާ މަގުގައި ހިމެނޭ ސަރަހައްދުގެ ހުރިހާ ގޭބިސީއަކުން އެވަގުތުގައި ފެން ކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ފެން ކަނޑާލަނީ މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދާ “ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް”ގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަ ސަރަހައްދުގެ ފެންހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމުގެ ގޮތުން ކަމަށެވެ.

ފެނުގެ ޚިދުމަތް މެދުކެނޑިފައިވާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިންވަނީ މަޢާފަށް އެދިފަ އެވެ.