ރާއްޖެއިން ކޮވިޑު ކޭސް ފެންނަމުންދާ ޢަދަދުތައް ދަށަށް ގޮސް، މިއަދު ޕޮޒިޓިވް ވީ 127 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުން 26 މީހުންނާއި އަތޮޅުތަކުން 79 މީހުންނާއި އޮޕަރޭޝަނަލް ރިސޯޓުތަކުން 6 މީހުން ކަމަށެވެ. އަދި ތަރައްގީވަމުން އަންނަ ރަށްތަކުން 3 މީހުންނާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުން 13 މީހުން ވެސް މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ،

މިއަދުގެ ޢަދަދާއެކު 74،351 މީހުންނަށް ރާއްޖެއިން ކޮވިޑު ޖެހިފައިވާ އިރު، 70،889 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.

ރާއްޖެއިން މިހައިތަނަށް މިބަލީގައި މަރުވެފައިވަނީ 213 މީހުން ނެވެ.