ހދ. ނޮޅިވަރަންފަރަށް ވަންނަން ދިޔަ މުދާ އުފުލާ ދޯންޏެއް އެރަށު ނެރުމައްޗަށް އުރިގެން ފުންކުރުމުގެ މަސައްކަތަށް އެމްއެންޑީއެފުން އެހީތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ދޯންޏަކީ 90 ފޫޓުގެ ދޯންޏެއް ކަމަށެވެ. އޭގައި ތިން މީހުން ދަތުރުކުރި އެވެ. އެއީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. ދަތުރުކުރި އެއްވެސް މީހަކައަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެމްއެންޑީއެފުން މިއަދު ވިދާޅުވެފައިވަނީ މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 8:51 ގައި ކަމަށެވެ. ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުންދަނީ އޭގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއްގެ އެހީގައެވެ.

ދޯނިފުން ކުރުމަށް އެހީވުމަށްޓަކައި އެމްއެންޑީއެފް ކޯސްޓުގާޑުގެ ޑައިވަރުންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ.