ރާއްޖެއިން ކޮވިޑު ޖެހިގެން 215 ވަނަ މީހާ މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މި މީހާ މަރުވެފައިވަނީ މިރޭ 07:58 ގައި ކަމަށެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓިގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ.

މިއީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.

ރާއްޖެއިން ކޮވިޑު ކޭސްތައް މި ދުަވސްވަރު މަދުވެފައިވާ އިރު، މި ބަލީގައި މަރުވަމުންދާ މީހުން ވެސް އަންނަނީ މަދު ވަމުން ނެވެ.

އެގޮތުން ކޮވިޑުގައި އެންމެ ފަހުން މީހަކު މަރުވެފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.