ފަތުހުﷲ ޖަމީލް ބިލްޑިންގް ރަސްމީކޮށް އިފްތިތާހުކޮށް އެތަނަށް ފޮރިން މިނިސްޓްރީގެ ހިންގުން ބަދަލުކޮށްފިއެވެ.
އެ އިމާރަތް ހުޅުއްވާދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ. އިމާރަތް ހުޅުވިއިރު، އިމާރާތުގެ ނަން ވަނީ ދިވެހި ހާރިޖިއްޔާއަށް ގިނަ ހިދުމަތްތަކެއްކޮށްދެއްވި ކުރީގެ މިނިސްޓަރ މަރްހޫމް ފަތުހުﷲ ޖަމީލްގެ ނަމަށް ބަދަލުކޮށްފަ އެވެ.
ރައީސް މައުމޫން އަބްދުއްޤައްޔޫމްގެ ވެރިކަމުގެ ކުރީކޮޅުގައި (1978 ވަނަ އަހަރުން ފެށިގެން) ފޮރިންގ މިނިސްޓަރުކަން ހަވާލުކުރެއްވި ފަތުހުﷲ ޖަމީލް ވަނީ 14 ޖުލައި 2005 ގައި އެ މަގާމުން އިސްތިއުފާ ދެއްވުމާއި ހަމައަށް ދެގޮތެއްނުވެ ދެމި ހުންނަވާފަ އެވެ. އެއީ 17 އަހަރުގެ މުއްދަތެކެވެ.
އެ މުއްދަތުގައި ފަތުހުﷲ ވަނީ ދިވެހިރާއްޖޭގެ ޚާރިޖިއްޔާގެ ފެންވަރު މަތިކޮށް، ޒަމާނީ ޚާރިޖީ ސިޔާސަތެއް އެކުލަވާލައްވާފައެވެ.