ސިޔާސީ ޕާޓިއެއް އުފެއްދުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމަށް ދެއްވައިފިއެވެ.
އުޝާމްގެ ނަމުގައި ރަޖިސްޓްރީ ކުރަން ހުށަހަޅުއްވާފައިވާ ޕާޓީގެ ނަމަކީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" އެވެ. އުޝާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އޭނާ އަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިން ނަމަވެސް އެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ އިތުރު ހަތަރު މެންބަރަކު ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި، ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުއާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ހިމެނެ އެވެ.