ރާއްޖެއިން މިއަދު 5000 ސާމްޕަލް ނަގައިގެން 217 މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ނަގާފައިވަނީ 5،739 ސާމްޕަލް ކަމަށެވެ.

މިއާއެކު ޕޮޒިޓިވް ވެފައިވަނީ މާލެއިން 31 މީހުންނާއި އަތޮޅުތަކުން 88 މީހުން ނެވެ. އަދި ރިސޯޓުތަކުން 6 މީހުންނާއި ތަރައްގީވަމުން އަންނަ ރަށްތަކުން 92 މީހުން ނެވެ.

މިއާއެކު 75،622 މީހުންނަށް ރާއްޖެއިން ވަނީ ކޮވިޑު ޖެހިފަ އެވެ. އަދި މިބަލިން ރަނގަޅުވެފައިވަނީ 72،833 މީހުން ނެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 14 މީހުންނަށް ފަރުވާ ދޭ އިރު، އެކްޓިވް ކޭސްގެ އަދަދަކީ 2،562 އެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން މިހައިތަނަށް މަރުވެފައިވަނީ 215 މީހުން ނެވެ.