އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ފަރާތުން ހިންގާ ޓެމްޕަރަރީ ޔޫކޭ ވިސާ އެޕްލިކޭޝަން ސެންޓަރެއް އަންނަ އޮގަސްޓްމަހުގެ 2 އިން 4 އަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ކުރިއަށްދާނެ އެވެ.

ޔޫކޭ ވިސާއަށް އެދި ހުށަހެޅުން ކުރިއަށްދާނީ ފޮރިން މިނިސްޓްރީގައެވެ. ވިސާ އަށް އެދި ހުށަހެޅުމަށް ބުކިންގ ހައްދަވަން ޖެހިވަޑައިގަންނަވާނެއެވެ.

ޓެމްޕަރަރީ ވިސާ އެޕްލިކޭޝަން ޚިދުމަތަކީ އިނގިރޭސިވިލާތަށް މަތީތައުލީމު ހާސިލްކުރަމުންދާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ވިސާ ހޯދުމަށް މަގުފަހިކޮށްދިނުމަށް ކޮންމެ އަހަރަކު ކުރިއަށްގެންދާ ޚިދުމަތެކެވެ.

ބުކިންގ ހެއްދޭނީ ތިރީގައި މިވާ ލިންކުންނެވެ: https://www.vfsglobal.co.uk/lk/en