ރާއްޖެއިން މާލެއިން 18 މީހުންނާއެކު 114 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދުގެ އަދަދުތަކުގެ ތެރޭގައި ދެން ހިމެނެެނީ އަތޮޅުތަކުން 82 މީހުންނާއި ރިސޯޓުތަކުން 9 މީހުން އަދި ތަރައްގީވަމުން އަންނަ ރަށްތަކުން 5 މީހުން ނެވެ.

މިއާއެކު ރާއްޖެއިން މިހައިތަނަށް 75،736 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އަދި 72،930 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.

ކޮވިޑު ބަލީގައި ރާއްޖެއިން މިހައިތަނަށް 216 މީހުން ވަނީ މަރުވެފަ އެވެ.

ހޮސްޕިޓަލުގައި 11 މީހުންނަށް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ އިރު، މިއަދު ނަގާފައިވަނީ 2،578 ސާމްޕަލެވެ.