އަދަދުތައް ދަށަށް ގޮސް، ރާއްޖެއިން މިއަދު ޕޮޒިޓިވް ވީ 80 މީހުން ނެވެ.

މިއަދުގެ އަދަދުތަކުގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވީ 16 މީހުންނާއި އަތޮޅުތަކުން 56 މީހުންނާއި ރިސޯޓުތަކުން 8 މީހުން ނެވެ.

އެހެންކަމުން މި އަދަދާއެކު 75،816 މީހުންނަށް ރާއްޖެއިން ކޮވިޑު ޖެހިފައިވާ އިރު، ރާއްޖެއިން ކޮވިޑު ޖެހުނުު މީހުންގެ ތެރެއިން 73،072 މީހުން ވަނީ ރަނގަޅުވެފަ އެވެ.

ހޮސްޕިޓަލުގައި 23 މީހުން އެނދުމަތި ކޮށްގެން ފަރުވާ ދޭ އިރު، ކޮވިޑުގައި ރާއްޖެއިން މިހައިތަނަށް 216 މީހުން ވަނީ ނިޔާވެފަ އެވެ.

މިއަދު ނަގާފައިވަނީ 2،516 ސާމްޕަލެވެ.