އައްޑުސިޓީން މިއަދު ޕޮޒިޓިވް ވީ 2 މީހުން ކަމަށް އައްޑު އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މިއަދު ޕޮޒިޓިވް ވެފައިވަނީ ހިތަދޫ އިން މީހަކާއި މަރަދޫފޭދޫ އިން މީހެއް ކަަމަށެވެ. އަދި މިއީ ޑޮކްޓަރަށް ދެއްކި 2 މީހުން ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ހިތަދޫއިން 37 ކޭސް، މަރަދޫ އިން 29 އަދި މަރަދޫފޭދޫ އިން 4 ކޭސް ވަނީ ފެނިފަ އެވެ.

އައްޑުސިޓީގައި ޖުމްލަ 546 ކޭސް ފެނިފައިވާ އިރު، 474 ކޭސް ވަނީ ރަނގަޅުވެފަ އެވެ. އެ ސިޓީން މިހާތަނަށް މަރުވެފައި ވަނީ 2 މީހުން ނެވެ.

އެ ސިޓީގައި އެކްޓިވް ކޭސްގެ އަދަދަކީ 70 އެވެ.