އައްޑުސިޓީގެ ރަށްތަކުގެ މޮނިޓަރިން އުވާލައިފި އެވެ.

ކޮވިޑް-19 ގެ ކޭސްތައް ފެންނަމުންދިއުން އިތުރުވާން ފެށުމާއެކު، އެ ސިޓީގެ ރަށްތައް މޮނިޓަރިންގ ހާލަތުން ނަގާފައި މިވަނީ އެ ސިޓީން ކޮވިޑު ކޮންޓްރޯލްކުރެވިފައި އޮންނަތާ މަހަކަށްވުރެ ގިިނަ ދުވަސްވީފަހުން ނެވެ.

އައްޑޫގައި ކޮވިޑުގެ ހާލަތު ދެ ވަނަ ފަހަރު ފެތުރެން ފެށުމުން ސިޓީގެ ހުރިހާ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އެވެ. އޭގެ ތެރެއިން ބަލީގެ ހާލަތު ރަނގަޅުވާން ފެށުމުން ވަކިން އޮންނަ ހުޅުމީދޫގެ މޮނިޓަރިންގެ ހާލަތު ވަނީ އުވާލާފަ އެވެ.

މިއަދު މޮނިޓަރިންގެ ހާލަތު އުވާލާފައިވަނީ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، ފޭދޫ އަދި މަރަދޫފޭދޫ އެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން އެ ސިޓީގައި މިވަގުތު ކޯވިޑް ޖެހިފައި70 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ދެ މީހުންނަކީ އިއްޔެ އަލަށް ޕޮސިޓިވްވި މީހުންނެވެ.

މިހާރު ކޮވިޑް ޖެހިފައި މީހުން ތިބީ ތިން ރަށެއްގައި އެވެ. އެއީ ހިތަދޫގައި37 މީހުން، މަރަދޫގައި29 އަދި މަރަދޫފޭދޫގައި ހަތަރު މީހުންނެވެ.