އަތޮޅުތަކުން 127 މީހުންނާއެކު 169 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ފާއިތުވި 24 ގަޑި އިރު ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ މާލެއިން 24 މީހުންނާއި އަތޮޅުތަކުން 127 މީހުން ނެވެ. އަދި ރިސޯޓުތަކުން 15 މީހުންނާއި ލައިވްބޯޑުތަކުން 3 މީހުން ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.

މިއާއެކު ރާއްޖެއިން 76،188 މީހުންނަށް ކޮވިޑު ޖެހިފައިވާ އިރު، 73،340 މީހުން ވަނީ ކޮވިޑު ބަލިން ރަނގަޅުވެފަ އެވެ.

އެކްޓިވް ކޭސްގެ ޢަދަދު 2،619 ގައި ހުރި އިރު، ފާއިތުވި 24 ގަޑި އިރު ނަގާފައިވަނީ 4،932 ސާމްޕަލެވެ.

ކޮވިޑު ބަލީގައި ރާއްޖެއިން މިހައިތަނަށް ނިޔާވެފައިވަނީ 217 މީހުން ނެވެ.