ޒުވާނުންތަކެއް ނުކުމެ ޗައިނާ އާ ދެކޮޅަށް މާލޭގައި މިއަދު އަޑު އުފުލައިފި އެވެ.

ހެންވޭރު އާޓިފިޝަލް ބީޗް ކައިރީގައި ހުންނަ ޗައިނާ އެމްބަސީ ދޮށަށް ގާތްގަޑަކަށް ވިއްސަކަށް ޒުވާނުން އެއްވެ އަޑު އުފުލާފައިވަނީ ޗައިނާ އިން ދަނީ ބިން ފޭރެމުން ކަމަށާއި އެ ގައުމުގެ ނުފޫޒު ހުއްޓަވަން ޖެހޭ ކަމަށް ބުނެ އެވެ.

މިއީ ޗައިނާއިން ރާއްޖެ ނަގާފައިވާ ލޯނުތަކާ ގުޅިގެން އެ ޒުވާނުން އުފުލި އަޑު އުފުލުމެއް ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

މިއަދު މެންދުރު ހުކުރު 14:15 ހާ އިރު، މި ޒުވާނުން ޗައިނާ އެމްބަސީ ކައިރިއަށް އެއްވުމުން ފުލުހުން ވަނީ އެ ޒުވާނުންނަށް ނުވަދެވޭ ގޮތަށް އެމްބަސީ ހުންނަ މަގު ބަންދުކޮށްފަ އެވެ.