ރާއްޖޭގައި ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ޖެހޭ އާބާދީއަށް ވާވަރަށް ވެކްސިން ހޯދިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ ދިވެހި އާބާދީއަށް ބޭނުންވާ މިންވަރަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ހޯދިފައިވާ ކަމަށެވެ. އަދި އެއީ މިވަގުތަށް އެ ފުރުސަތު ލިބިފައިޗާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަން ފާހަގަ ކުރެއްވިއެވެ.

މަބުރޫކް ވަނީ އާންމު ހާލަތަށް ދިއުމަށް ވެކްސިންގެ މުހިންމު ކަން ފާހަގަ ކުރައްވާ ވެކްސިން ކެންޕެއިނަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ވެކްސިން ޖެހުމަށް ގިނަ ބަޔަކަށް ބާރު އެޅުމަށް އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގެ ވެކްސިންޖެހޭ އާބާދީގެ އެންމެނަށް ވެކްސިން ހޯދާފައިވާއިރު، ރާއްޖެ އިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް 321،594 މީހަކު ވަނީ ޖަހާފައެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު ވަނީ 263،067 އަށް އަރާފައެވެ.