މާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް އައިޖީއެމްއެޗް ކައިރީގައި ހުރި ރުކއްްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ރަސްފަންނު ކައިރީ ބޭރު މަގުން ދުއްވި ކާރެއް އައިޖީއެމްއެޗް ކެންޓީނު ކައިރީގައި ހުރި ރުކެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10 ޖަހަން އުޅެނިކޮށެވެ. އެކްސިޑެންޓްވި ކާރު ދުއްވަން އިން 21 އަހަރުގެ ފިރިހެން މީހާގެ ލައިސެންސް ނެތް ކަމަށް ފުލުހުން ބުނެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.