ފުވައްމުލަކު ސިޓީގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ އެ ސިޓީގެ މައިލޯ ސްޓޭޑިއަމް ކައިރި ނައިބް ތުއްތު މަގުގައެވެ.

ފުލުހުން ބުނީ ފުވައްމުލަކު މައިލޯ ސްޓޭޑިއަމް ކައިރީ ދެ ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަަަށެވެ. މި އެކްސިޑެންޓްގައި 28 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ އަންހެނަކަށް ވަނީ އަނިޔާވެފައެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް މިވަގުތި ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށާއި އެތަނުން އެކަކު އިތުރު ފަރުވާއަށް އައްޑޫ ސިޓީ ހޮސްޕިޓަލަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ދެ ސައިކަލު ދުއްވާފައިވަނީ ވެސް ލައިސަންސް އޮންނަ ދެމީހުން ކަމަށެވެ.