ކޮވިޑް ކޭސްތައް މަދުވާން ފެށުމުން ކުޅުދުއްފުށީގެ ކާފިއު އުވާލައިފި އެވެ.
ކުޅުދުއްފުށި ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށި ސިޓީގައި އިޢުލާންކޮށްފައިވާ ކާފިއު މިއަދުން ފެށިގެން އުވާލާފައިވާ ކަމަށެވެ.
އެހެންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިރުޝާދު ދީފަ އެވެ.
އެރަށުގައި ކާފިއު ހިންގާފައިވަނީ ކޮވިޑްގެ ލޮކްޑައުންއާއެކު ކާފިއު ހިންގަން އަންގާފައި އޮންނަ އުސޫލުގެ ތެރެއިން ރޭގަނޑު 9 އިން ފަތިހު 4 އަށެވެ.
ކާފިއު އުވާލެވުނު ނަމަވެސް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުއްދަ ނެތި ރަށަށް އަރާ ފޭބުން ވަނީ މަނާ ކޮށްފަ އެވެ. އަދި ޕާކްތަކާއި ކުޅިވަރު ކުޅޭ ތަންތަން އަދި އާންމު މައިދާންތައް ބަންދުކުރެވިފައިވާތީ ޒަރޫރީ ބޭނުމަކަށް ފިޔަވާ ގެއިން ބޭރަށް ނުނިކުތުމަށް އެ ކައުންސިލުން ވަނީ އެދިފަ އެވެ.
މިދިޔަ މަހުގެ 24 ވަަނަ ދުވަހު މޮނިޓަރިންގ އަށް ލާފައިވަނީ އެ ދުވަހު އެރަށް މޮނިޓަރިންގއަށް ލާފައި ވަނީ ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ޕޮޒިޓިވްވުމުން ނެވެ.
މިހާތަނަށް އެ ސިޓީން ވަނީ 50 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެ ސިޓީން ފެނުނު ކޮވިޑް ކޭސްތަކާއި ގުޅިގެން 33 ތަނަކާއި އުޅަނދުތަކެއް ވަނީ ކަރަންޓީން ކޮށްފަ އެވެ.