ރާއްޖެއިން މިއަދު 108 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދުގެ އަދަދުތަކުގެ ތެރޭގައި ހިމެނެނީ މާލެއިން 21 މީހުންނާއި އަތޮޅުތަކުން 72 މީހުން ކަމަށެވެ. އަދި ރިސޯޓުތަކުން 15 މީހުން ވެސް ހިމެނޭ ކަަމަށް ވަނީ ބުނެފަ އެވެ.

މިއާއެކު 78،464 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، 75،660 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ.

ފާއިތުވި 24 ގަޑި އިރު، 7،203 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްގެ އަދަދަކީ 2،570 އެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 19 މީހުންނަށް ފަރުވާ ދޭ އިރު، 222 މީހުން ވަނީ މަރުވެފަ އެވެ.