ހއ. ދިއްދޫގެ މޮނިޓަރިންގ އުވާލައިފި އެވެ.

އެރަށް މޮނިޓަރިންގއަށް ލާފައި ވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތަކެއް ހުރެގެން ޑޮކްޓަރަށް ދެއްކި މީހަކު ކޯވިޑަށް ޕޮޒިޓިވް ވުމުން ނެވެ.

އެރަށުން މިހާތަނަށް 27 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ.

މޮނިޓަރިންގ ހާލަތުން ނަގާފައި ވަނީ ކުރިއަށް އޮތް 7 ދުވަސްތެރޭ ރަށުގެ އާބާދީގެ 5 އިންސައްތަ މީހުންގެ ރެންޑަމް ސާމް ނެގުމަށާއި އާބާދީގެ 60 އިންސައްތައަށް ކޯވިޑް ވެކްސިން ދެވެންދެން ރަށުން ފުރާ އެންމެން ސާމްޕަލް ނެގުމަށް އެންގުމަށްފަހު އެވެ.

މޮނިޓަރިން އުވާލި ނަމަވެސް ހުރިހާ ރައްޔިތުން އަބަދުވެސް ކޯވިޑް-19 އިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ރަށްރަށުގެ ކައުންސިލްތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.