ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވާނެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާނީ މިއަދު ހަވީރު 4 ޖަހާއިރު ކަމަށެވެ. އަދި މި ބައްދަލުކުރެއްވުން އޮންނާނީ ރައީސް އޮފީހުގައި ކަމަށެވެ.

މިބައްދަލުވުމުގައި ކޮވިޑް-19އާއި ގުޅިގެން ސަރުކާރުން ދީފައިވާ ލުއިތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު ހިއްސާ ކުރައްވާނެ އެވެ.

ކޮވިޑް ކޮންޓްރޯލްކުރުމަށް ކުރައްވަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް ސޯލިހު ވަނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ވެސް ނޫސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.