އަފްޣާނިސްތާންގެ އަހުލީ ހަނގުރާމަ ނިމިއްޖެކަމަށް ތާލިބާނުން އިއްޢުލާން ކޮށްފިއެވެ. ތާލިބާނުން ބުނިގޮތުގައި އައު ސަރުކާރު ދާދިއަވަހަށް އިޢުލާން ކުރާނެއެވެ.

ތާޖިކިސްތާނަށް ވަޑައިގެންނެވި އަފްޣާން ރައީސް އަޝްރަފް އަބްދުލް ޣަނީ ވިދާޅުވީ އޭނާ ގައުމު ދޫކުރެއްވީ އިތުރަށް ލޭ އޮހޮރުވަން ބޭނުންފުޅު ނުވާތީ ކަމުގައެވެ.

ތާލިބާނުން ގެންދަނީ ކާބުލްގައި މީހުންގެ އިތުބާރު ހޯދުމަށް އިޢުލާންތައް ގޮވައި މެދުމިނުގެ ބައެއްކަން ދެއްކުމަށް ފިޔަވަޅު އަޅަމުންނެވެ.

ރޭ ކާބުލް އެއަރޕޯޓްގައި މީހުން ހޭލަމޭލަވުމުގެ ސަބަބުން އުފެދުނު ހަމަނުޖެހުމުގައި އެމެރިކާ ސިފައިން ވައިގެ ތެރެއަށް ބަޑި ޖަހާފައި ވެއެވެ.