ތާލިބާނުން ކާބުލް ހިފުމުގެ ސަބަބުން ގައުމުން ބޭރުވެގެން ދާން ބޭނުންވާ މީހުންނަށް އަވަސް ގޮތަކަށް ވިސާ ދިނުމުގެ ގޮތުން އިންޑިއާއިން ވަނީ ކުއްލި ގޮތަކަށް އައު ވިޒާ ކެޓަގަރީއެއް ފަށާފައެވެ. އީ އިމަރޖެންސީ އެކްސް މިސެލީނިއަސް ވިސާ ކެޓަގަރީގެ ދަށުން އަވަސް ގޮތަކަށް އަފްޣާން މީހުންނަށް ވިސާ ދޫކުރެވޭނެ ކަމަށް އިންޑިއާގެ ހޯމް މިނިސްޓްރީން އިޢުލާން ކޮށްފައި ވެއެވެ.

އަފްޣާނިސްތާނުން ބޭރުވެގެން ދިއުމަށް އެތައް ހާސް ބަޔަކު އިއްޔެވެސް އެއަރޕޯޓް ސަރަހައްދަށް ވަދެ ތިއްބެވެ. މިއަދުގެ ހެނދުނުގެ ރިޕޯޓްތައް ބުނާ ގޮތުން އެއަރޕޯޓުން މީހުން މިހާރު ވަނީ ހުސްވެފައެވެ.

އަފްޣާނިސްތާންގެ ވައިގެ ސަރަހައްދު ރަސްމީކޮށް ބަންދުކޮށްފައެއް ނުވެއެވެ. ނަމަވެސް ކާބުލްގެ ޙާމިދު ކަރްޒާއީ އެއަރޕޯޓްގެ އެއަރޓްރެފިކް ކޮންޓްރޯލް ޓަވަރގައި މަސައްކަތް ކުރުން ވަނީ ހުއްޓާލާފާއެވެ. ކާބުލްއަށް ރައްޔިތުން ބަލައިދާ މަތިންދާބޯޓުތައްވެސް އެއަރޕޯޓަށް ޖައްސައި ފުރަމުން ދަނީ އަމިއްލަ ރިސްކުގައެވެ.

އިންޑިއާއިން ބުނެފައިވަނީ، ސިކުންނާއި ހިންދީންގެ ތެރޭންވެސް ވިސާބޭނުންވާ ބަޔަކަށް ވިސާފޯރުވައި ދޭނެ ކަމަށެވެ.

ތާލިބާނުންގެ ފުށުން އިތުރު ތުރާތަކެއް ފޯރާފައިވާ ކަމަކަށް ރިޕޯޓްތަކެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް އަވަށްތަކަށް ގޮސް އެތަންތާނގައި ދިރިއުޅޭ އިސްމީސްމީހުންގެ މައުލޫމާތު ރޭގަނޑުގެ ގަޑީގައި ސާފުކުރާކަމަށް މީސްމީޑިއާގައި މީހުންނާ ޙަވާލާދީ ބުނެއެވެ.