އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ. ދަ ނޭޝަނަލް ނިއުސްއިން ރިޕޯޓް ކުރިގޮތުގައި ގްރީން ލިސްޓުން ރާއްޖެއާއެކު އެމެރިކާ ވެސް ވަނީ އުނިކޮށްފައެވެ. އެމެރިކާ އުނިކުރީ އެގައުމުގައި ކޭސްތައް އިތުރުވާން ފެށުމުންނެވެ. ނަމވެސް ރާއްޖެ، ގްރީން ލިސްޓުން އުނިކުރީ ކީއްވެގެންކަން ބަޔާން ކޮށްފައެއް ނުވެއެވެ.

ގްރީން ލިސްޓުން އުނިކުރުމުން ރާއްޖެއިން ދާ މީހުން ގޭގައި ކަރަންޓީނު ވާން ޖެހޭނެއެވެ. އަދި މީހާ ހެލިފެލިވެ އުޅޭ ސަރަހައްދު ދަނެގަތުމަށް އަތުގައި އަޅުވާ އުޅާވެސް އަޅައިގެން އުޅެން ޖެހޭނެއެވެ.

އަލަށް ގްރީން ލިސްޓަށް ލާފައި ވަނީ އަޔަރލެންޑާއި މޯލްޓާއާއި ސުއިޑްންއެވެ.

ރާއްޖެ ގްރީން ލިސްޓުގައި އޮތުމުން، ރާއްޖެއައިސް ކަރަންޓީނު ވެގެން ބިދޭސި މަސައްކަތު މީހުން އަބޫދާބީއަށް އެތެރެވެއެވެ.