ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގެ ދަށުން 4973 ކުދިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ޕްރޮގްރާމު ފެށީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒާ ވެކްސިން މިމަހުގެ 9 ވަނަ ދުވަހު ރާއްޖެއަށް ލިބުމާއި ގުޅިގެނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑުން ދިފާއު ވުމަށް، 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި މާލެއާއި އަތޮޅު ތެރެއިން މިހާތަނަށް 4973 ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ.އެޑިޔުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 40000 ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހާނެ އެވެ.