ޕާކިސްތާންގެ މިނިވަން ދުވަހު، 400 ފިރިހެނުން ވެގެން އެންމެ އަންހެނެއްގެ ގަޔަށް އަރައި ހެދުން ވީދައި ގަހަނާކޮޅާއި ފޯނު އަތުލައިގަނެ ގޯނާކުރި މައްސަލާގައި ޕާކިސްތާންގެ ސިޔާސީ ފަންތިއާއި ފަންނުކާރުން ގެންދަނީ ޕާކިސްތާންގެ ފިރިހެންވެރިންނަށް މަލާމާތް ކުރަމުންނެވެ.

މިއަންހެން މީހާގެ ގަޔަށް 400 ފިރިހެނުން އެރީ ޕާކިސްތާނުގެ މިނިވަން ދުވަހުއެވެ. މި 400 ފިރިހެނުން މިމީހާގެ ގަޔަށް އެރީ، ލާހޯރުގެ ގްރޭޓާ އިގްބާލް ޕާކްގައެވެ.

މިހާދިސާ ހިނގިއިރު އަންހެން މީހާ އުޅުނީ އޭނާގެ ސަހޭލީންނާއެކު، ޓިކޮޓޮކަށް ވީޑިއޯއެއް ތައްޔާރު ކުރުމުގައެވެ. ފިރިހެންވެރިން އޭނާ ވަށައިލައިގެން އޭނާއަށް ގަނާކުރަން ފެށުމުން އެހީއަށް އެދި ގޮވާލުމުން އަންނާނެ ފިރިހެނަކު ނުވިއެވެ.

އަންހެން މީހާ ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ. ޕާކިސްތާންގެ ބޮޑު ވަޒީރު އިމްރާން ޚާނަށް ކަމެއް ހިނގައިގެން އުޅޭހެން ހީފުޅުވެ ވަޑައިގެން، މިއަދު ވަނީ މި މައްސަލަ ބެލުމަށް ޚާއްސަ ސަމާލުކަމެއް ދެއްވަން ފައްޓަވާފައެވެ. ޚާން ދެއްވި ސަމާލުކަމުން ފުލުހުން ބުނެފައި ވަނީ މި 400 މީހުންވެސް ހިފައި ހައްޔަރު ކުރާނެ ކަމަށެވެ.

ޕާކިސްތާނު ފިރިހެނުން އަންހެނަކު ފެނުމުން ހިތްދަތިވީ ކަމަށް ބުނެ މަލާމާތް ކުރާ ފަންނުކާރުން ބުނަނީ، އެސޮރުމެން ކުރާނީ ކީއްހެއްޔެވެ؟ އަނެހެން ކުއްޖާ ބޭރުގައި ނޫޅުނަމަ ބެހޭކަށް ނުޖެހުނީސް ހެއްޔެވެ؟

ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫގެ ދަރިފުޅު އާސިފާ ޒަރުދާރީ ވަނީ ވަރަށް އަސަރާއެކު އޭނާގެ ޝުއޫރުތައް ޓުއިޓާގައި ޙިއްސާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ ޕާކިސްތާނަކީ، އަންހެނުންނާއި ކުޑަ ކުދިންނަށް މުސްތަގްބަލެއް އޮތް ބިމެއް ނޫނެވެ.