ވަޒީފާދޭނެކަމަށް ބުނެ ގެންގޮސްގެން ރޭޕް ކޮށްފަ ވީޑިއޯވެސް ކުރިއެވެ. ލާހޯރު އަންހެންމީހާ ފުލުހަށް ދިން ބަޔާނާ ޙަވާލާދީ ޕާކިސްތާންގެ ޓްރިބިއުން ނޫހުގައި ކަން ހިނގި ގޮތް މިއަދު ކިޔައި ދީފައި ވެއެވެ.

ބޭހެއް ގަންނަން ހަސްފަތާލުގެ ބޭސްފިހާރައަށް ގޮސްހުއްޓައި، އިރްފާންއާއި ފަރްމާންއާ ދެމީހުން އޭނާގެ ގާތަށް އައިސް އެހީ، އެއީ ޑޮކްޓަރެއް ތޯއެވެ. ނޫނެކޭ ބުނެ، މިއުޅެނީ ވަޒީފާއެއް ހޯދާށޭ ބުނުމުން އެހީ، ލިކަން ކިޔަން ދަންނަން ހެއްޔެވެ؟ އާނއެކޭ ބުނެ ޖަވާބު ދިނުމުން ފޯން ނަންބަރު ނަގައިގެން ދިޔައީއެވެ.

ފަހުން އެންގީ އެޖެންސީއަށް ދައްކަން 140ހާސް ރުޕީސް ހިފައިގެން އިންޓަރވިއުއަށް އައުމަށެވެ. މީރު ޗޯކް ރާއިވިންޑް ރޯޑަށް އިންޓަރވިއުއަށް ދިއުމުން ބުނީ އިންޓަރވިއު ކުރާނީ ސަލީމު ކަމަށާއި އޭނާ ހުރި އެޑްރެހަށް ދިއުމަށެވެ.

ސަލީމުގެ ގެއަށް އިންޓަރވިއުއަށް ދިއުމުން އަންހެން މީހާ ބަންދުކޮށްބަހައްޓައި ފައިސާކޮޅު ފޭރިގަނެ، އިއްފަތްވެސް ލޫޓޫވާލީއެވެ.

އޮގަސްޓް 16 ވަނަ ދުވަހު ސަލީމުއާއެކު މި ދެމީހުންވެގެން އޭނާ ރޭޕްކުރިކަމަށް ބުނެ، މި ހާދިސާ އަންހެން މީހާ ވަނީ ފުލުހަށް ކިޔައިދީ މައްސަލަ ޖައްސާފައެވެ.

އޭނާ ރޭޕް ކުރިއިރު، މި މީހުން ވަނީ ވީޑިއޯވެސް ކޮށްފައެވެ. އަދި އެއްވެސް މީހަކު ކައިރީ މިވާހަކަ ކިޔައިދީފިނަމަ ވީޑިއޯ ފަތުރައި އޭނާ ބަސްޓު ކޮށްލާނެ ކަމަށްވެސް އިންޒާރު ދިނެވެ.