ބުދެއް ތަޅައި ނުލައި ތާލިބާނުންގެ ލޮލަކަށް ނިންޖެއް ނާންނާނެއެވެ. މިފަހަރުވެސް ތާލިބާނުން ބުދެއް ތަޅާލާފައި ވަނީ ކުރިން ބޮޑު ބުދު ތަޅާލި ބަމިޔާން ސިޓީގައެވެ. ހަޒާރާއިންގެ ޒައީމު އަބްދުލްއަލީ މަޒާރީގެ ބުދު ގޮއްވާލައި ތާލިބާނުން ވަނީ އެ ބުދު ބިމާ ހަމަކޮށްފައެވެ.

އަބްދުލްޢަލީ އަކީ 1995ގައި ތާލިބާނުން މަރާލި ލީޑަރެކެވެ. އަބްދުލް އަލީގެ ބުދު ތަޅާލުމުގެ މައްސަލައާ ގުޅިގެން ތާލިބާނަށް މަލާމަތް ކުރި މީހުން މީސްމީޑިއާގައި ބުނެފައި ވަނީ ތާލިބާނުންގެ އަފޫއާންމުވެސް ހަމަ މިފަދަ ހެއްޔެވެ؟

ތާލިބާނުން ކުރިން އަބްދުލް އަލީ މަރާލީއެވެ. މިފަހަރު އެމީހުން ވަނީ އޭނާގެ ބުދުގައި ބާރޫދު ހަރުކޮށްގެން ގޮއްވާލާފައެވެ.

އަބްދުލްއަލީ އަކީ އަފްޣާން މީހުން އެއްބައިވަންތަ ކުރުމަށް ވާހަކަ ދެއްކި ލީޑަރެކެވެ. އޭނާ ބުނެފައި ވަނީ އަފްޣާނިސްތާންގެ ބައިބައިވުމާއި ދެބަސްވުންތަކަށް އޮތް އެންމެ ރަގަޅު ހައްލަކީ އަފްޣާނިސްތާން އިއްތިހާދީ ދައުލަކަށް ހެދުން ކަމަށެވެ.

އަބްދުލްއަލީގެ މިފިކުރުގެ ސަބަބުން 2016ގައި ސަރުކާރުން ކަނޑައެޅީ، ގައުމީ އިއްތިހާދުގެ ޝަހީދުގެ ލަގަބުން އޭނާ ވެޑުވުމަށެވެ.

ޝީއީ ހަޒާރާ ދަރިކޮޅުގެ މީހުންނަކީ އަނިޔާވެރި، ސުންނީ ތާލިބާނުންގެ ވެރިކަމުގައި ވޭންދެނިވި އަޒާބު ތަހައްމަލު ކުރަން ޖެހުނު ބަޔެކެވެ.