އަފްޣާނިސްތާންގެ ބައެއް ސިޓީތަކާއި ޓައުންތަކުގައި މީހުން ވަނީ އަފްޣާނިސްތާންގެ ދިދައިގެ ދިފާއުގައި މުޒާހަރާތައް ބާއްވާފައެވެ. ނަންގަހާރު ޕްރޮވިންސްގައި ބާއްވާފައިވާ ދިދަ ހިފައިގެން ހިނގާލުމުގައި ބައިވެރިވި މީހުންނާ ދިމާއަށް ތާލިބާނުން ވަނީ ބަޑި ޖަހާފައެވެ. ސުޕުޓްނިކް އިން ބުނާ ގޮތުން ބައެއް މީހުންނަށް ހާނިއްކަވެ، އަނެއް ބަޔަކު ވަނީ މަރުވެފައެވެ.

އަފްޣާން މީޑިއާ އެޖެންސީ ޕަޖްވޮކްއިން ބުނިގޮތުގައި ތާލިބާނުން ވަނީ އެ އެޖެންސީގެ ނޫސްވެރިންގެ ގައިގައި ތަޅައި އަނިޔާކޮށްފައެވެ. އަރިޔާނާ ނިއުސް އެޖެންސީގެ ނޫސްވެރިންގެ ގައިގައި ތެޅިކަމަށްވެސް ވެއެވެ. މި ނޫސްވެރިންނަކީ ނަންގަހާރުގައި ދިދަ ހިފައިގެން މީހުން ބޭއްވި ހިނގާލުން ގެނެސްދޭން އުޅުނު ނޫސްވެރިންނެވެ.

ތާލިބާނުން ބުނެފައި ވަނީ ނޫސްވެރިނަށްވެސް ރައްކާތެރިކަން ލިބޭނެކަމަށެވެ.