ފޭކް ވެކްސިން ކާޑުތައް އެތެރެކޮށްފައި ވަނިކޮށް، އެމެރިކާގެ ކަސްޓަމްސް އިން ހިފަހައްޓައިފިއެވެ. އެމެރިކާ ކަސްޓަމްސްއިން ބުނަނީ އެއް ރެއެއްގެ މަތިން 15 ޝިޕްމެންޓް ހިފަހައްޓާފައިވާ ކަމަށެވެ. މެމްފިސްއިން މި ޝިޕްމެންޓްތައް ހިފަހައްޓާފައިވާއިރު، އެހެން ސިޓީތަކަށް މި ތަކެތި އެތެރެވެފައިވާނެ ކަމަށް ބަލާފައި ވެއެވެ.

އެމެރިކާ ކަސްޓަމްސްއިން ބުނާ ގޮތުން މި ފޭކް ވެކްސިން ކާޑުތައް އުފައްދާފައި ވަނީ ޗައިނާގެ ޝެންޒެންއިންނެވެ. މި ކާޑުތަކުގައި މީހުންގެ ނަމާއި އުފަންދުވަސް ޖަހާނެ ތަނާއި އަދި ވެންސިންގެ ނަންތައް ޖަހާނެ ތަންވެސް މާކު ކޮށްފައި ވެއެވެ. މި ކާޑުތަކުގައި ސްޕެލިން މިސްޓޭކްތައް ހުރިކަމަށްވެސް ބުނެއެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ތިންހާހަށް ވުރެން ގިނަ ފޭކް ވެކްސިން ކާޑު ހިފާފައިވާ ކަމަށް އެމެރިކާ ކަސްޓަމްސް އިން ބުނެއެވެ.

ޓަންގްޓަން ޒާއޯ ކިޔާ 33 އަހަރުގެ މީހަކު ވަނީ އީބޭގައި ސައްހަ ވެކްސިން ކާޑުތަކެއް ވިއްކަނިކޮށް ހައްޔަރުކޮށްފައެވެ. އޭނާ ވަގަށް ނަގާފައިވާ ކާޑުތައް ވިއްކައިގެން 1200 ޑޮލަރު ހޯދިކަމަށް ވެއެވެ. ވައްކަމުގެ 12 ކުށެއްގައި އޭނާ ތުހުމަތު ކުރެވިފައި ވެއެވެ.