ދެ ދަރިންނަށް ވުރެން އިތުރަށް ހޯދައިފިނަމަ، ކުރިން ޗައިނާގައި އަދަބު ދެވެއެވެ. މިހާރު ތިން ދަރިން ހޯދަން ހިތްވަރު ދެވެއެވެ. މުސްކުޅި އާބާދީއަކާއެކު ގައުމު އަނަރޫފަވެދާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކާތީ ޗައިނާއިން ވަނީ ދަރިން ހޯދުމަށް ހިތްވަރު ދިނުމަށް އައު ސިޔާސަތުތައް އެކުލަވާލާފައެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ ޗައިނާގެ އާބާދީއާ ބެހޭ ސިޔާސަތު އެއްކޮށް ފުށުން ޖައްސަވާފައެވެ. ސިޓީތަކުގައި ދިރިއުޅޭ މީހުންގެ ޝަކުވާއަކީ އެއް ދަރިއަކަށް ވުރެން އިތުރަށް ހޯދައިފިނަމަ، ލިބޭ އެއްޗަކުން ދެކޮޅު ނުޖެއްސޭނެ ކަމަށެވެ.

ޗައިނާ ސަރުކާރުން ބުނަނީ، ކުދިން އިތުރަށް ހޯދާ މީހުންނަށް ހިތްވަރު ދިނުމުގެ ފިޔަވަޅުތަކެއްވެސް ހިމެނޭނެ ކަމަށެވެ. ޗައިނާގެ މުސްކުޅިވަމުންދާ އާބާދީއާ އަޅާލާނެ ބަޔަކުވެސް ބޭނުންވެއެވެ. ޗައިނާ ސަރުކާރުގެ އައު ސިޔާސަތަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ގަޔައެއް ނުވެއެވެ.

"މީހުން ދަރިން ހޯދާ އަދަދު ކަނޑައެޅުމަށް ސަރުކާރަކަށް ބާރެއް ނޯންނާނެއެވެ. މީހުންގެ ދަރިމައިވުމާ ބެހޭ މައުލޫމާތު ހޯދައި ބެލުންފަދަ ކަންކަން ކުރުމަށްވުރެން ރަނގަޅު ވާނީ މީހުންގެ އަމިއްލަ އިޚުތިޔާރަށް ދަރިން ހޯދުން ދޫކޮށްލުމެވެ." އެމްނެސްޓީ އިން ބުނެއެވެ. މިފަދަ ކަންކަމުގެ ތެރެއަށް ބޭނިގަތުމަކީ މީހުންގެ އަސާސީ ހައްގުގެ ތެރޭގައި ހިމެނޭ ދަރިމައިވުމާ ބެހޭ ހައްގަށް ސަރުކާރުން އަރައި ގަތުން ކަމަށްވެސް ހިއުމަން ރައިޓްސް ވޮޗްއިން ބުންޏެވެ.

ޗައިނާއިން ތިން ކުދިން ހޯދުމަށް ހިތްވަރު ދިންކަމުގައި ވީނަމަވެސް ތަޖުރިބާކާރުން މިކަމާމެދު ޝައްކުގެ ނަޒަރަކުން ދެކެއެވެ. ކުރިން ދެ ކުދިން ހޯދުން ހުއްދަ ކޮށްފައި އޮތްއިރުވެސް މީހުން ދެ ކުދިން ހަމަކޮށްފައި ނުވާއިރު، ތިން ކުދިން ހޯދާނީ ކިހިނެއްތޯ އެފަރާތްތަކުން ސުއާލުކުރެއެވެ. އިގްތިސާދީ ގޮތުން ދެކޮޅު ޖައްސައި ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ އެންމެންގެ އަމާޒަކަށްވާއިރު އިތުރު ކުދިން ހޯދައިގެން އެ ޒިންމާ ބޮލުއަޅަން ޗައިނާގައި މިހާރު އެއްވެސް މީހަކު ބޭނުންވާނެ ތޯ ސުއާލު ކުރެވެއެވެ.