އިންސާނީ އެހީ ދިނުމުގެ ގޮތުން ޔޫއޭއީއިން އަފްޣާނިސްތާންގެ ރައީސް އަޝްރަފް އަބްދުލްޣަނީއާއި އާއިލާއަށް ހިޔާވަހިކަން އަރުވާފައިވާ ކަމަށް ޔޫއޭއީން ބުނެފިއެވެ.

ޔޫއޭއީގެ ޚާރިޖީ ވުޒާރާއިން ބުނެފައި ވަނީ ރައީސް ޣަނީއާއި އާއިލާ މިހާރު ޔޫއޭއީގައި ތިއްބެވިކަން ކަށަވަރު ކޮށްދެވޭ ކަމަށެވެ. ނަމަވެސް ރައީސް ޣަނީ ހުންނެވީ ކޮންތާކު ކަން ސާފުކޮށެއް ނުދެއެވެ.