އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމުގައިވާ ހަނގުރާމަ މަތީ މަތިމްދާބޯޓު ތޭޖާސް މާކް މަރުކާގެ ބޯޓުތައް އިތުރަށް ތަރައްގީކުރުމަށް އެމެރިކާ އިން އިންޖީނު ގަތުމަށް ނިންމައިފިއެވެ. ހިންދުސްތާން އެރޮނޯޓިކްސް ލިމިޓެޑުން އުފައްދާފައިވާ މި މަތިންދާ ބޯޓުގެ 83 ބޯޓު ގަތުމަށް އިންޑިއާ ސިފައިން ވަނީ އޯޑަރު ދީފައެވެ. މި އޯޑަރުގެ އަގަކީ، 456 ބިލިއަން ރުޕީސް އެވެ. ހިންދުސްތާން އެރޮނޯޓިކުން މަސައްކަތް ކުރަނީ ތޭޖާސް މާކް މަރުކާގެ ބޯޓުތައް އެކްސްޕޯޓު ކުރުމަށް ފުރުސަތު ހޯދާށެވެ. އެހެންވެ، މި ކުންފުނިން ވަނީ، އެމެރިކާގެ ޖެނެރަލް އިލެކްޓްރިކް ކުންފުނިން އުފައްދާފައިވާ ދުނިޔޭގައި ބޭނުންކުރާ އެންމެ އެޑްވާންސް މަތިންބޯޓު އިންޖީނު މި ބޯޓުގައި އެޅުމަށް ނިންމާފައެވެ.

ޖެނެރަލް އިލެކްޓްރިކް އިން ބުނިގޮތުގައި އިންޑިއާއަށް 99 އިންޖީނު ވިއްކާނެއެވެ. މިއީ ގާތްގަނޑަކަށް 716 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރިއެކެވެ.

ދާދިފަހުން މެލޭޝިއާއިން ލައިޓް އެއަރކްރާފްޓް ގަތުމަށްޓަކައި ޝޯޓް ލިސްޓް ކުރި ބޯޓުތަކުގެ ތެރޭގައި ތޭޖާސް ހިމެނެއެވެ.