އިންޑިއާއާއި ބަންގްލަދޭޝްއާ ދެމެދު ސޮއިކޮށްފައިވާ ކާރިސާގައި އިންޑިއާގެ އެހީތެރިކަން ހޯދުމުގެ އެއްބަސްވުމަށް އިންޑިއާގެ ކެބިނެޓުން ރުހުން ދީފިއެވެ. މިއީ، މިއަހަރުގެ ކުރީކޮޅު އިންޑިއާގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާއި ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް ޑިޒާސްޓާ ރިލީފްއިން ސޮއިކޮށްފައިވާ އެމްއޯޔޫއެކެވެ.
މި އެމްއޯޔޫގެ ދަށުން ދެ ގައުމުން ގުޅިގެން ކާރިސާތައް ހުއްޓުވުމަށް ބޭނުންވާ ކަންކަން އިންތިޒާމު ކުރާނެއެވެ. އަދި މީގައި ކާރިސާއަށް ތައްޔާރުވުމާއި ކާރިސާދިމާވާ ހާލަތުގައި އެކަމުގައި އެހީތެރިވެ ދިނުމާއި އެކަމުން އަރައިގަތުމަށް އެހީވެދިނުން ހިމެނޭކަމަށް މަސްއޫލުވެރިން ވިދާޅުވެއެވެ.
އިންޑިއާއިން ގަންގާ ކޯރުގައި ފެންބޮޑުވެގެން އަންނަ ފެނުން ބަނގްލަދޭޝްއަށް ކާރިސާތައް ކުރިމަތި ވެއެވެ.