އިންޑިއާގައި ނޭޕާލުން ހިންގާ ޕްރޮޖެކްޓްތައް ކުރިއަށްދާ ގޮތް ބެލުމަށް ދެ ގައުމުން އެކުލަވާފައިވާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ކޮމިޓީގެ ރިއާސަތުގައި ތިއްބެވީ ނޭޕާލްގެ ފޮރިން ސެކެޓްރީ ބާރަތު ރާޖް ޕޯޑަޔާލްއާއި އިންޑިއާއިން ނޭޕަލް ކަނޑައަޅާފައިވާ އެމްބެސެޑަރު މީކަން ކްވާޓްރާއެވެ.

މި ކޮމިޓީން ޕްރޮޖެކްޓްތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބެލުމަށްފަހު ވިދާޅުވެފައި ވަނީ ނޭޕާލްގައި ކޮވިޑް19 ބާރަށް ފެތުރެމުން ދިޔައިރުވެސް ޕްރޮޖެކްޓްތަކުގެ މަސައްކަތް ގެންގޮސްފައިވާ ގޮތާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.

އިންޑިއާއިން މިވަގުތު ނޭޕާލްގައި ގޮރްކާއާއި ނުވާކޮތްގައި ހައުސިންގ ޕްރޮޖެކްޓްތައް ހިންގަމުން ގެންދެއެވެ. މި ތަންތާގެ މަސައްކަތް ނިމުމަކާ ހަމަޔަށް ގޮސްފައިވެއެވެ. އަދި އެކި ސަރަހައްދުތަކުގައި 13 މަގެއް ހެދުމުގެ މަސައްކަތްވެސް ކުރަމުން ދެއެވެ. މީގެ އިތުރުން ކަރަންޓް ފޯރުވައި ދިނުމަށް ކަރަންޓް ލައިން އެޅުމުގެ މަސައްކަތާއި ނޭޕާލްގަންޖްގައި އިންޑިއާއާއި ނޭޕާލްގެ ދެމެދު ބޯޑާ ޗެކްޕޯސްޓް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އިންޑިއާއިން ވަނީ ނޭޕާލުން އިންޑިއާގެ ކޮލްކަޓާއަށް ނޭޕާލްގެ ރޭލަށް މުދާ ބަލައި އާދެވޭ ގޮތަށް ވެސް ހަމަޖައްސައި ދީފައެވެ.